ރާއްޖެ ސަރަހައްދަށް ބިން ހެލުމެއް އަތުވެއްޖެ

ޚަބަރު ޢާޖިލް ފަހުގެ

މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށެވެ.

މިރޭ މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައެއެވެ. 10 ކިލޯމީޓަރު އަޑިން މި ބިންހެލުން އައިސްފައިވާއިރު، އެ ސަަރަހައްދު ކައިރީގައި ތިބި ބައެއް މީހުންނަށް ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ވެއެވެެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިރޭ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތަައް ލިބިފައިވާ ކަަމަށެވެ. އަދި ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން މޮނިޓަރ ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަާށްވެސް ވިދާޅުވިއެވެ.

ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށް މެޓު އޮފީހުން ބުނެފަވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ