ރައީސް ޔާމީނަށް ކުރި ހުކުމަކީ އިންޑިއާ އަޑީގައި އޮވެ ކުރި ހުކުމެއް: އަދުރޭ

ފަހުގެ ސިޔާސީ

ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވީ، އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ކުރި ހަރާމް ހުކުމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އެ ހުކުމް ބަދަލުކޮށްފައިވަނީ އިންޑިއާ ބޭނުންވިގޮތައް ކަމަށެވެ. އަދި އަދުރޭ ވަނީ ރައީސް ޔާމީނަށް ތައީދު ކުރައްވާ ބޭފުޅުން މާޔޫސް ނުވުމަށް ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“މީ އިންސާފްވެރި ހުކުމެއް ނޫން. މީ ނަހައްގު ހުކުމެއް. މީ ހަރާމް ހުކުމެއް. މި ހުކުމް ޕީޕީއެމް، ޕީއެންސީން ބަލައިނުގަންނާނެ” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި މިއަދު ނުހައްގު ހުކުމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައީސް ޔާމީން ޖަލަށް ލައިގެން މި ރާއްޖޭގެ ސިޔާސީ މަޝްރަހުން ޖާގަ ހޯއްދަވަން ބޭނުންފުޅުވާ ލީޑަރުންނަށް ދަންނަވާލަން ބޭނުންވަނީ، ހަނދާން ނައްތާލާށޭ، ރަައީސް ޔާމީން ހުރަ ގެޔަށް ލިޔަސް އެއީ އަަޅުގަނޑުމެންގެ ކެނޑީޑޭޓޭ. ޕީޕީއެމްގެ އެއްވެސް ސަޕޯޓަރަކު އެެހެން އެއްވެސް ލީޑަރަކަށް ނުދޭނޭ. ނުލިބޭނޭ، ޔަގީން ކުރައްވާ، އަޅުގަނޑުމެން ފިނޑިއެއް ނުވާނަން، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ގެއަކަށް ނުވްނަންނާނަން،” އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ