ވިއްސާރާގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

ޚަބަރު ފަހުގެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށިީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ “ޖަވާހިރުމާގޭ” ގެ ފުރާޅު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ