ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމަހު ޤަތަރަށް ވަޑައިގަންނަވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ގަތަރަށް ވަޑައިގަންނަވަނީ ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށްކަމަށެވެ.
ރައީސް ގަތަރަށް ވަޑައިގަންނަވާނެ ސީދާ ތާރީޚެއް މިއުވާން ވިދާޅެއް ނުވެއެވެ. ނަމަވެސް ރައީސް ވަޑައިގަންނަވާނީ ފައިނަލް މެޗު ނުވަތަ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.


