ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

ފައިލް ފޮޓޯފުލުހުން ބުނީ ހުޅުމާލެ ރީތިގަސް މަގު ކަރެކްޝަނަލް ސާވިސް ކައިރި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 16:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާއި އެއީ އުމުރުން 35 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ގައި ހިމެނޭ ކާރު ދުއްވި މީހާއަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށާއި ނަމަވެސް ސައިކަލު ދުއްވި މީހާގެ އަތުގައި ލައިސެންސް އޮތް ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ