ބިދޭސީ މިހާ މަރުވި މައްސަލާގައި ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

 

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބުނީ، ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:55ހާއިރު ކަމަށެވެ.

 

ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ