ހުރިހާ ސްކޫލެއް އޭސީ ކުރަން “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފްތިތާހްކޮށްފި

ޚަބަރު ފަހުގެ

މާފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރަން މި ފަށާ ޕްރޮޖެކްޓަކީ ފިނިކުރުމަކުން ނިންމާލާ ކަމެއް ނޫން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސް ވާނެ. ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށާއި އެ ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ