ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެންބަރުކަން ފަލަސްތީނަށް

ޚަބަރު ފަހުގެ

މި ޖަމިއިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދޭން ނިންމީ 77ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައެވެ. މި ނިންމުމާއި އެކު ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ލިބޭނެއެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކުގެ ހުރިހާ ހައްގެއް ދިނުމަށް ވޯލްޑް ހެލްތު އެސެމްބްލީން ފާސްކުރި ގަރާރަށް ބޮޑު ތަރުހީބެއް ލިބުމާ އެކު، ޑަބްލިއުއެޗްއޯގެ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދަރަޖަ އަލަށް މަތިކުރުމާ ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެމްބަރުންގެ ވޯޓުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ނިންމުމާއި އެކު ފަލަސްތީނަށް މަރުހާބާ ވިދަޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ މީ ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް އޮތުމަށް ބައިނަލްއަޤްވާމީ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއްކަމަށެވެ.އަދި މި ޤަރާރަށް ރާއްޖެއިން ތާއީދުކުރަން ނިންމީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ޙައްޤަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާޢީދުކުރާތީކަމަށެވެ.

މި ނިންމުމާއި ގުޅިގެން ރާއްޖޭގެ ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ޤައުމުތަކާއެކު ވާލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ