ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަހަ މުބާރާތުގެ އެންމެ މޮޅު ހައުސް އަކަށް ހުރަވީ ހައުސް

ހަނިމާދޫ ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަޙަ މުބާރާތް 1445 އަކީ ސްކޫލުގެ ދީނީ ރޫޙު ކުލަބުގެ ފަރާތުން ބޭއްވުނު މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ބޭއްވިފައިވަނީ މި ޖޫން މަހުގެ 12 އަދި 13 ވަނަ ދުވަހު ހަނިމާދޫ ސްކޫލް ހޯލުގައެވެ. މި މުބާރާތުގެ ހަނިމާދޫ ސްކޫލްގެ ހަތަރު ހައުސް ކަމުގައިވާ ހުރަވީ، ފާށަނާ، ޣާޒީ އަދި ދޮށިމޭނާ ހައުސްގެ ދަރިވަރުން ބައިވެރިވެފައެވެ. މިގޮތުން މި މުބާރާތް ގެންދެވުނީ އެކިއެކި އުމުރުފުރާތައް އެކިއެކި ގަޑި ތަކަށް ބަހާލެވިގެންނެވެ. މިގޮތުން 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށް ވަނީ ބަހާލެވިފައެވެ. އަދި ކޮންމެ ހައުސް އަކުން ސީނިއާރ ގުރޫޕް މަދަޙަ އަކާއި ޖޫނިއާރ ގުރޫޕު މަދަހައެއް ވަނީ ހުށައަޅާފައެވެ.

މި މުބާރާތުގެ ވަނަތައް ހޮވިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސާރކިޔުލާރ އާއި އެއްގޮތަށް 13 އަހަރުން މަތީގެ ބައިން އެންމެ މޮޅު 7 ދަރިވަރުންނާއި، އެންމެ މޮޅު 3 ޖޫނިއާރ ގުރޫޕު މަދަހަ އާއި އެންމެ މޮޅު 3 ސީނިއާރ ގުރޫޕު މަދަހަ އެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހައުސް ވަނީ ހޮވިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގެ ސީނިއާރ ބައިން އެންމެ މޮޅު 7 ދަރިވަރުންނަށް ހޮވިފައިވަނީ،
– ދޮށިމޭނާ ހައުސްގެ މަރްޔަމް އިބާ
– ޣާޒީ ހައުސްގެ ހިދާޔާ މުޙައްމަދު
– ހުރަވީ ހައުސްގެ ޒަހާ ޖައުފަރު
– ޣާޒީ ހައުސްގެ އައިމިނަތު ނަޒާތު ޝާޙިދު
– ޣާޒީ ހައުސްގެ އީމާ އަޝްރަފް
– ހުރަވީ ހައުސްގެ ޝާޔާ ޢަހުމަދު ރަޢޫފް
– ދޮށިމޭނާ ހައުސްގެ މިޝްކާ ހުސައިން ހަމީދު އެވެ.

މި މުބާރާތުގެ ޖޫނިއާރ ގުރޫޕު މަދަޙަ ތަކުން ހުށައަޅައި ދެވުނު އެންމެ މޮޅު މަދަހައަކަށް ހޮވުނީ ފާށަނާ ހައުސްގެ މަދަހައެވެ. އަދި ދެވަނަ އަށް ދިޔައީ ދޮށިމޭނާ ހައުސް އިން ހުށައަޅާދިން މަދަހަ އެވެ. އަދި ތިންވަނަ އަށް ހޮވުނީ ހުރަވީ ހައުސްގެ މަދަހަ އެވެ.

މި މުބާރާތުގެ ސީނިއާރ ގުރޫޕު މަދަހައިން 2 ހައުސް ވަނީ ޕޮއިންޓް ގެ ގޮތުން އެއްވަރުވެ އެއްވަނަ ހާޞިލްކޮށްފައެވެ. މިގޮތުން އެއްވަނަ ހާޞިލު ކުރީ ހުރަވީ ހައުސް އާއި ފާށަނާ ހައުސްއެވެ. އަދި ދެވަނަ ހައުސް އަކަށް ސީނިއާރ ގުރޫޕު މަދަހައިން ހޮވުނީ ދޮށިމޭނާ ހައުސްއެވެ. އަދި ތިންވަނަ އަށް ހޮވުނީ ޣާޒީ ހައުސްއެވެ.

މި މުބާރާތުގެ ހުރިހާ ގޮތަކުން އެއްވަނަ ހައުސް އަކަށް ހޮވުނީ ހުރަވީ ހައުސް އެވެ. އަދި މުބާރާތުގެ ދެ ވަނަ ހައުސް އަކަށް ފާށަނާ ހައުސް ހޮވުނު އިރު ތިންވަނަ ހައުސް އަކަށް ހޮވިފައިވަނީ ދޮށިމޭނާ ހައުސްއެވެ.

މި މުބާރާތުގެ ވަނަތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ދެވުނީ އެކަމަށްޓަކައި ހުކުރު ދުވަހުގެ ރޭ ހަނިމާދޫ ސްކޫލް ހޯލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެވެ. މި ރަސްމިއްޔާތުގައި ފަޑިޔާރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަށާއި ހައުސް ތަކުން ބައިވެރިވި ދަރިވަރުންނަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ވަނީ ދެވިފައެވެ. އަދި މި މުބާރާތުގެ ވަނަވަނަ އަށް ދިޔަ މަދަޙަ ތައް ވަނީ ދައްކާލެވިފައެވެ.

މި މުބާރާތުގެ ބެކް ތައްޔާރު ކުރުމަށް ހަނިމާދޫ ކައުންސިލް އަދި ފެނަކަ ހަނިމާދޫ ބްރާންޗް އިން ވެދެއްވި އެހީތެރިކަން ސްކޫލުގެ ދީނީ ރޫޙު ކުލަބުގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި ހަނިމާދޫގައި ހަރަކާތްތެރިވާ “ބޮއެލަރިއަންސް” ގުރޫޕުން، ގުރޫޕް މަދަހަ ހުށައެޅުމަށް މައިކް ސްޓޭންޑާއި މައިކް ހަދިޔާ ކޮށްދެއްވާފައިވާތީ އެކަމަށް ދީނީ ރޫޙު ކުލަބުން ޝުކުރު އާދަ ކުރެއެވެ. އަދި މުބާރާތުގެ ހުރިހާ މަދަޙައެއް ގޮށްކޮޅުގެ ފަރާތުން ޠަލްޙަތު މޫސާ ރިކޯރޑް ކޮށްދެއްވާފައިވާތީ ޠަލްޙަތު މޫސާ އަށް ހަނިމާދޫ ސްކޫލުގެ ދީނީ ރޫޙު ކުލަބުގެ ފަރާތުން ހާއްޞަ ޝުކުރެއް އަދާކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ