މަސްވެރިންނަށް އެކަނި ބޮޑު ސަބްސިޑީއެއް ދިނުމަކީ އިޖުތިމާއީ އަދާލަތަށް ބަލާއިރު ދެކޮޅު ޖެހޭކަމެއް ނޫން: ނާޒިމް

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އާބާދީގެ ތެރެއިން މަސްވެރިންނަށް އެކަނި ބޮޑު ސަބްސިޑީއެއް ދިނުމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ އިޖުތިމާއީ އަދާލަތަށް ބަލާއިރު ދެކޮޅު ޖެހޭކަމެއް ނޫންކަމަށާއި މިއީ ވިސްނާލަންޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ މަސްވެރިންގެ އާބާދީއަކީ 17،000 މީހުންކަމަށެވެ. މީގެތެރެއިން 3700 މަސްވެރިންނަކީ ކަންނެލި މަސްވެރިކަން ކުރާ މީހުންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މިފްކޯގައި 714 ދޯނި ރަޖިސްޓްރީކޮށްފައި އޮންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމަށްވާއިރު ހަމައެކަނި މަސްވެރި އާބާދީއަށް އެކަނި މިވަރުގެ ސަބްސިޑީއެއް ދިނުމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ އިންސާފެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އަގުތައް މުރާޖާކުރަންޖެހޭކަމަށެވެ.

“ސިވިލް ސަރވެންޓުންގެ ތެރޭގައި 35،000 މީހުން އެބަތިބި. ރިސޯޓްތަކުގައި މަސައްކަތކުރާ 15،000ށް ވުރެ ގިނަ މީހުން އެބަތިބި. ނަމަވެސް ސަބްސިޑީ މިދެނީ 17،000 މީހުންނަށް. މިއީ އެއްގޮތަކަށްވެސް އިންސާފެއް ނޫން. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މިކަމުގައި ދެވަނަ ވިސްނުމަކަށް ދާން. ޕާޓީ ކުލަތަކާއި ޕާޓީގެ ރޮނގުތައް ފަހަނައަޅައި އެބަޖެހޭ ހަގީގަތް ގަބޫލުކުރާ ބަޔަކަށް ވާން. ޕާޓީގެ ރޮނގުތައް ފަހަނައަޅައި އެބަޖެހޭ ގައުމަށް ފައިދާ ހުރި ހައްލެއް ހޯދަން. 12 ރުފިޔާއަށް ނުވަތަ 15 ރުފިޔާއަށްވެސް ދެވެން އޮތް ވަރެއް ކަނޑައެޅީމާ ބަރާބަރަށް ހަމަގައިމުވެސް ފައިސާ ދެވޭނެ. މިގޮތަށް މަސްވެރިންނަށް ފައިސާ ދިނުމަކީ މިއީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން”
ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ހުށަހަޅާފައިވާ ކުއްލި މައްސަލައިގައިވާ ގޮތަށް މިހާރު ގަނެފައިވާ މަހަށް މިހާރު ކަނޑައަޅާފައިވާ އަގު މަސްވެރިންނަށް ދޭންޖެހޭކަމަށެވެ. އަދި އެފައިސާ ނުދެވި ވަނީ އެވަރަށް ދައުލަތުގައި ފައިސާ ނެތުމުންކަމަށާއި ގައުމުގެ ހާލަތު މިހާރު އޮތީ ފައިސާ ދެވޭނެ ފަދަ ހާލަތެއްގައި ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިފައިސާ މިސަރުކާރުން މަސްވެރިންނަށް ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ