އަމިއްލަ ބޭނުމަށް ގެންނަ މުދަލުން ޑިއުޓީ ނަގަން ފަށާ ލިމިޓު 10،000ރ. އަށް މަތިކޮށްފި

ޚަބަރު ފަހުގެ

ކަސްޓަމްސް އިން ބުނީ މިފަދަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 10،000ރ. އަށް ބޮޑުކުރުމަށް ފަހު، އެކަމަށް އަމަލު ކުރަން ފަށާނީ ޖުލައި، 1 އިން ފެށިގެން ކަމަށެވެ. މީގެ ކުރިން އަމިއްލަ ބޭނުންތަކަށް މިގޮތަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރާ އަދަދަކީ 6،000ރ. އެވެ.

މި ބަދަލު ގެނެސްފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރުގެ ދަށުންނެވެ. މި ބަދަލާ ގުޅިގެން ކަމާބެހޭ އުސޫލަށް އިސްލާހު ގެނެސް، ކަސްޓަމްސްގެ ވެބްސައިޓުގައި އާންމު ކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ކަސްޓަމްސް އިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ބަދަލަކަށް ވެގެންދާނެ ކަމަށެވެ.

އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 10،000ރ. ހަދާފައިވީ ނަމަވެސް، އެކަމުން އިސްތިސްނާވާ ބައެއް މުދާ ހިމެނެ އެވެ. އޭގެ ތެރޭގައި ދުންފަތާއި ނިކޮޓިން ހިމެނޭ ބާވަތްތަކާއި، ޝީޝާ، އީ-ސިގިރެޓު، އެނާޖީ ޑްރިންކް، ސިންގަލް ޔޫސް ޕްލާސްޓިކް، މޮޓޯސައިކަލާއި އޮޓޯސައިކަލު، ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދު، ކަނޑުގައި ދުއްވާ ތަކެތި އަދި އުޅަނދުތަކުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.

ހަމައެހެންމެ، މުދަލުގެ އަގު 10،000ރ. އަށް ވުރެ ކުޑަ ވިޔަސް، މުދަލުގެ ބާވަތާއި އަދަދަށް ނިސްބަތްކޮށް، އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތި ވެސް މި ބަދަލުން އިސްތިސްނާ ވާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ