މެނިންގޮކޯކަލް ބަލި ރާއްޖެއިން ފެނުނުކަން އިއުލާންކޮށް، ކޮންޓެކްޓް ޓްރޭސިންގެ ފަރުވާ ފަށައިފި

ޚަބަރު ފަހުގެ

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްްރޮޓެކްޝަން އެޖެންސީ އިން ބުނީ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭއިން މައުލޫމާތު ދިންގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެގޮތުން ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންގެ ތެރޭގައި ބަލިމީހާއާއެކު އެއް ގެއެއްގައި ދިރިއުޅޭ މީހުން، ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބަލިމީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަަށް ހުށައެޅިފައިވާ މީހުން ބަލަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައިކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އަލާމަތްތަކުގެ ތެރޭގައި ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ، ދުޅަވުމާއި ލޭގާ އިންފެކްޝަން އުފެދި، ބެކްޓީރިއާ ލޭގައިދައުރުވެ، ލޭހޮޅިތަކަށް ގެއްލުންވުން ހިމެނެއެވެ. މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ