ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭކަމަށް ވިދާޅުވެ އެ މައުލޫމާތު މަޖިލިހަށްވެސް ދޭން ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގު އުޒުރުވެރިވެޑައިގެންފިއެވެ.
ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސާފުކުރުމަށް އެދުނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެނގިވަޑައިނުގަންނަވާކަށެވެ. އަދި އެ އަދަދު ޖެހޭނީ ރައީސް އޮފީހުން ސާފުކުރަންކަމަށްވެސް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ.
ީމީގެއިތުރުން ރަނގަޅަށް ޕާފޯމް ނުކުރާ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށާއި އެކަން ކުރަނީ މަޖިލީހުން ފާސްކުރާ ކަރުދާހުގައި އޮންނަ ގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.