ޖަލަށް ފައިސާ އާއި މަސްތުވާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންތަކެއް ޝާމިލްވާތީ ޚާއްސަ އޮޕަރޭޝަނެއް

ޚަބަރު ފަހުގެ

ޖަލަށް ފައިސާ އާއި މަސްތުވާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންތަކެއް ޝާމިލްވާތީ ޚާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މާފުށީ ޖަލުގައި ފަށައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ހޯމް މިނިސްޓަރ ބައިވެރިވަޑައިގަންނަވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މި އޮޕަރޭޝަން މިހާރު ފަށައިގެން ކުރިޔަށްދާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަލަށް ފައިސާ އާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 އޮފިސަރުން ހަރަކާތްތެރިވާކަމަށާއި މިމައްސަލައިގައި ބެލިބެލުމުން މިމުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ޚިލާފު އަދަދުތަކުން ފައިސާ ވަދެފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އެމީހުންގެ އެކައުންޓަށް 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވަދެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ބައެއް އޮފިސަރުންގެ އެކައުންޓަށް 25 މިލިއަނުންވެސް ޖަމާވެފައިވާކަމަށެވެ.

“އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 73 މިލިއަން ހަ ލައްކަ ރުފިޔާ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެމީހުންގެ އެކައުންޓްތަކަށް ވަދެފައިވާކަން ފާހަގަކުރެވޭ. މިފައިސާ ޖަމާވެފައިހުރީ ޖަލުގައި މިހާރު ހައްަޔަރުގައި ތިބި މީހުންނާއި ކުރީގައި ޖަލުގައި ތިބި ގައިދީންނާއި މާލޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުށްވެރިންގެ ފަރާތުން. މިއޮޕަރޭޝަން މިހާރު މާފުށީ ޖަލުގައި ހިންގަމުންދާއިރު ބައެއް އޮފިސަރުން ވަނީ ހައްޔަރުކޮށްފައި” އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް/ އަބްދުﷲ ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ މިހާތަނަށް ތިން އޮފިސަރުން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިތަނުން 6 އޮފިސަރުން ވަނީ މިއަހަރު ތެރޭގައި ވަޒީފާއިން ވަކިވެފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއޮފިސަރުންނަކީ ޖޫނިއަރ ރޭންކުތަކުގެ އޮފިސަރުންތަކެއް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. ޖަމާވެފައިވާ ހުރި ފައިސާގެ އަދަދުތަކަށް ވުރެ ބޮޑަށް ކަންބޮޑުވުން އޮތީ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ އެކައުންޓުން ވަތް ފައިސާއަށް ވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ