ދަނބިދޫ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޚަބަރު ފަހުގެ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ. ދަނބިދޫ އިރުމަތީ ފަރާތު (ކޯޒްވޭ) ސަރަހައްދު މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް މިއަދު 16:55 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވެފައި ވަނީ އެ ރަށު ނިޔަނދުރުމާގެ އައިމިނަތު އުމަރު ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ