ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނެންގައި ބުނެފައިވަނީ ހދ.ހަނިމާދޫ ކައުންސިލުން ހަނިމާދޫގެ ރައްޔިތުންނާއިއެކު ބާއްވާ ރަސްމީ ބައްދަލުވުމެއް 2024 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެރޭ 09:00 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒްގެ ހޯލްގައި އޮންނާނެކަމަށެވެ.
އަދި މިބައްދަލުވުމުގައި ހދ. ހިރމަރަދޫ ރައްޔިތުން ހަނިމާދޫއަށް ހިޖްރަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިކަމާއިމެދު މަޝްވަރާކޮށް ހަނިމާދޫ ރައްޔިތުންގެ ބަހެއްހޯދާނެކަމަށެވެ.
މި ކަމުގެއިތުރުން މި ބައްދަލުވުމުގައި ދެން އޮނާނީ ހަނިމާދޫގައި ހުރި އަންހެނުންގެ ނަމާދުގެތަކާއިމެދު ކުރިމަގުގައި އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުން ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުމުގައި ވީހާވެސްގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ ހަނިމާދޫ ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ހަނިމާދޫގައި ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ބާއްވާ މިފަދަ ބައްދަލުވުން ތަކަކީ ފިނި ތަރުހީބެއް ލިބެމުން އަންނަ ބައްދަލުވުން ތަކެކެވެ.