މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި އެ މިނިސްޓްރީގެ ބައެއް އިސްވެރިން ހދ. ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވަފިއެވެ.
މި ބައްދަކުކުރުން ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީތައުލީމާއި ތަމްރީނަށް ހުރި ފުރުސަތުތަކާއި، ދަނޑުވެރި މަންފާގެ ގްރާންޓު ސްކީމާއި، ހަނިމާދޫގައި ދަނޑުވެރިކަން ކުރިއެރުވޭނެ އިތުރު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.