“އެމްޑީޕީ ރޯޑްމެޕް” އެކުލަވާލަން އަތޮޅުތެރެއަށް

ފަހުގެ ސިޔާސީ

އެމްޑީޕީ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާ “އެމްޑީޕީ ރޯޑްމެޕް” އަށް ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ދަތުރުތަކުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ސަޕޯޓް އެންމެ ބޮޑު ދެކުނުގެ އަތޮޅުތައްކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އިތުރުން ހުވަދޫ އަތޮޅުގެ ހުރިހާ ދާއިރާތައް ހިމެނޭ ރަށްތަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުالله އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވައެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިކަމަށެވެ. މިގޮތުން އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަށް ޕާޓީގެ އޮނިގަނޑަށާއި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް މަގުޗާޓެއް އެކެލަވާފައިވާކަމަށް އެޕާޓީން ބުނެއެވެ.

މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެމްބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުންކަމަށް އެމްޑީޕީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ