ސާއްބަ އެނިވަރސަރީ ކަޕް 2020 ގެ ތޭރަވަނަ މެޗު ކާމިޔާބުކުރި ރިއަލް ސްޓަރސް މުބާރަތުން ކަޓައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ތޭރަ ވަނަ މެޗު ރިއަލް ސްޓަރސް ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ ޔުނީފޯމް އާ ބައްދަލުކޮށް 0-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ ރިއަލް ސްޓަރސްގެ ޖޯޒީ ނަންބަރު 28 އަހުމަދު އަފުރާހު އެވެ. މިމެޗުން މޮޅުވި ނަމަވެސް ރިއަލް ސްޓަރސްއަށް ވަނީ މި އަހަރުގެ މުބާރަތް ނިމިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރިއަލް ސްޓަރސް މި މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ ދެމެޗެވެ. އެއީ މިއަދުގެ މެޗުގެ އިތުރުން އަހުލީ އާ ބައްދަލުކުރި މެޗެވެ. އަދި އެ ޓީމު ވަނީ ރޫހާއި ޝީލްޑު އަދި ޔޫތު ފްރެންޑްސް އަތުން ބަލިވެފައެވެ. އެހެންކަމުން ޖުމުލަ 6 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 5 ވަނައިގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިއަލް ސްޓަރސްގެ ޖޯޒީ ނަންބަރު 28 އަޙްމަދު އަފުރާހުއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު އަހުމަދު ޖަލީލުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. ބައްދަލު ކުރާނީ އަހުލީ އާއި ޝީލްޑެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި މާދަމާ 15:50 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ