ކުޅުދުއްފުށީގައި އަޅަން ނިންމާފައި ވަނީ 10 ބުރީގެ ހޮސްޕިޓަލެއް – ރައީސް 

ޚަބަރު ފަހުގެ

މިހާރު ހދ. އަތޮޅު ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ރައްޔިތުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅުދުފުއްޓަކީ އާބަން ސެންޓަރުގެ ކެޓެގަރީންވެސް އެންމެ މަތީގައި އޮންނަ އުތުރުގެ ސިޓީ ކަމަށާއި މިތަނުގައި ހުންނަންވާނީ ޓާޝަރީ ފެންވަރަށް ތަރައްގީވެފައި ހުންނަ ހޮސްޕިޓަލެއް ކަަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

“އެކަމަށް ބޭނުންވާ ކަންތައްތައް މިހާރު ވަނީ ފެށިފައި، ދާދި ފަހުން 10 ބުރީގެ އިމާރާތެއް، ހުރިހާ ހިދުމަތެއް، ކެތް ލެބާއި ހުރިހާ ފެސިިލިޓީއެއް ހިމެނޭ ގޮތަށް ބޭނުންވާ އިމާރާތް ޑިޒައިން ކުރަން ދާދި ފަހުން އަޅުގަނޑުމެން ބަޔަކާއި ހަވާލު ކޮށްފިން، އެ މަސައްކަތް ނިމޭއިރުގައި އޮންނާނީ ޑީޓެއިލް ޑިޒައިން ޓެންޑަރަށް ބޭނުންވާ ގޮތަށް ހަދާ ނިމިފައި،” ރައީސް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވީ، މިއީ ބަޖެޓް މައްސަލައެއް އޮތް މަޝްރޫއެއްވެސް ނޫން ކަމަށާއި، އެހެންކަމުން މި މަސައްކަތް ނިމޭތަނުން، ބިޑްކޮށްގެން ޓެންޑާ ކޮށްގެން ބަޔަކާއި ހަވާލު ކުރާނެ ކަމަށެވެ.

ރައީސް ވަނީ އޭގެ ކުރިއަށް މިހާރުން މިހާރަށް، މިހާރު ހުރި ޖާގައިގެ ތެރެއަށް އިތުރު ކުރެވޭނެ ފެސިލިޓީސް ހުރިތޯ ބެލުމުގެ ކަންކަން ހޮސްޕިޓަލާއި ގުޅިގެން ސިއްހީ ވުޒާރާއާ ގުޅިގެން ކުރިއަށްދާކަންވެސް ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް މި މަހުގެ 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސިއްހީ ވުޒާރާހެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާހެ ނައިބު އަހްމަދު ހަމްދާން ނާސިރެވެ. މި މަސައްކަތް ހަވާލު ކުރި ޗާޓަ އިންޖިނީއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އަބްދުލްއަޒީޒް ހަސަނެވެ. މި މަސައްކަތުގެ އަގަކީ 917،484 މިލިއަން ރުފިޔާއެވެ. އަދި މަސައްކަތް ނިންމަން ދީފައިވަނީ 100 ދުވަހުގެ މުއްދަތެކެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ