ބޮޑުފޮޅުދޫ ކައުންސިލުން ” ޗުއްޓީ މާ މަޖާ” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި

ކުޅިވަރު ފަހުގެ

އއ. ބޮޑުފޮޅުދޫ ކައުންސިލުން ” ޗުއްޓީ މާ މަޖާ ” ގެ ނަމުގައި 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ 2019 އިން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް އެރަށުގެ 13 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ރަށު ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަހަރުގެ މުބާރާތާ ބެހޭގޮތުން ގޮށްކޮޅަށް މައުލޫމަތު ހިއްސާކުރަމުން ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ މިއަހަރުގެ މުބާރަތް ކުރިއަށްގެންދަނީ “ޝައިން ގޭޓް ޗުއްޓީ މާ މަޖާ” ގެ ނަމުގައި ކަމަށެވެ. ޝުޖާއި އިތުރަށް ވިދާޅުވީ “އަޅުގަނޑުމެން މިމުބާރާތް ކުރިއަށްގެންދަނީ ރަށުގެ ވިޔަފާރިވެރިންގެ އެއްބާރުލުމާ އެކުގައިއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޝައިން ގޭޓެވެ.”

އިތުރަށް ވާހަކަ ކުރިޔަށް ގެންދަވަމުން އޭނާ ވިދާޅުވީ މިފަދަ މުބާރާތެއް ހިންގުމުގެ މަޤުސަދަކީ ޗުއްޓީއަކީ ކުދިންނަށް އުފާވެރި ޗުއްޓީއަކަށް ހެދުމާއި، ފުޓްސަލުގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި ކުށުގެވެށިން ނޫކަށިފުރައިގެ ޒުވާނުން ދުރުކުރުމެވެ.

ޖުމުލަ 4 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ކުޅުން ވަނީ މިއަދުގެ ހަވީރު 4:00 ގައި ފަށާފަވެ. މި މުބާރާތް ފައްޓަވައި ދެއްވައިފައިވަނީ ކުޅިވަރުގެ ދާއިރާގައި ރަށުފެންވަރުގައި ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އއ.ބޮޑުފޮޅުދޫ ދެތަނޑިމާގޭ އަބްދުއްޝުކޫރާއި ބޮޑުފޮޅަދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމް އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ބެންޒާއީ ސިޓީއާއި ރެއިންޖާސް ޓީމެވެ. މި މެޗް ކާމިޔާބުކުރީ 1-2 ން ބެންޒާއީ ސިޓީންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމްގެ ޖާރޒީ ނަންބަރ 9 މުހައްމަދު އަޒުހާން އެވެ.

މިއަދުގެ ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ދިވެހި ކުދިން އަދި އެފްޓީ ލީތަލްއެވެ. މި މެޗް ކާމިޔާބުކުރީ 0-5 ން ދިވެހި ކުދިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމްގެ ޖާރޒީ ނަންބަރ 7 ޔޫނުސް ރައްޔާނެވެ.

ފޮޓޯ : ބޮޑުފުޅަދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު