ކާއެއްޗެއް، ހިޔާވަހިކަމެއްނެތް، އައު އަހަރެއް ފެށުނުއިރު، ޣައްޒާގެެ ރައްޔިތުންނަށް ދިރިތިބުމުގެ އުންމީދު ގެއްލިފައި!

ޚަބަރު ފަހުގެ ދުނިޔެ

މީލާދީ އައު އަހަރެއް ފެށުނުއިރު، ދިރިތިބެވޭނޭ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ޣައްޒާގެ އާންމުން ގެންދަނީ ބުނަމުންނެވެ.

ގެދޮރު އަލުން ބިނާކޮށް، ފާގަތިކަމާއި، ރަނގަޅު މުސްތަގްބަލަކަށް ކުރަމުންދިޔަ އުންމީދުތައް މިހާރު ނެތިވެ ގޮސްފައިވާ ކަމަށް ގެންދަނީ ބުނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕާނެއް ފިހެލާނެ ފުށްކޮޅެއް، ކާނޭ އެއްޗެއް، ބޯނޭ ފެންފޮދެއް ގަދަފިނިން ސަލާމަތް ވުމަށް ޓެންޓުގަނޑެއްހާ މިންވަރުވެސް ލިބޭނޭ ގޮތެއް ނެތެވެ.

ބޭސްފަރުވާގެ ޚިދުމަތެއް ނުލިބޭ ތާނގައި، އިސްތިއުމާރީ ޓެރަރިސްޓުން ރެއާއި ދުވާލު ގެންދަނީ އާންމުންގެ ބޮލަށް ބޮންއަޅަމުންނެވެ.

ޣައްޒާގެ އެތައް މިލިއަން އާންމުން މިހާރު ތިބީ އިންސާނީ އެހީއެއް، އިންސާނީ ޟަރޫރީ އެއްވެސް އެހީއެއް ނުލިބި ވަރަށް ނިކަމެތި ހާލަތުގައެވެ.

އިސްތިއުމާރީ ދައުލަތުން ގެންދަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުރަސް އަޅަމުންނެވެ.

ޣައްޒާގައި އެގޮތަކުން މިގޮތަކުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އެތައް ޖަމާއަތެއްގެ ތެރެއިން 37 ޖަމާއަތެއް މިއަދުން ފެށިގެން ޣައްޒާގައި ހަރަކާތްތެރިވުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

މިއީވެސް، ޣައްޒާގެ އާންމުން އިތުރަށް ނިކަމެތި ކުރުމަށް ރާވައިގެން ހިންގާ ޖަރީމާއެކެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ބޮލާލާ ޖަހައި އިސްތިއުމާރީ ބާރުން ގެންދަނީ ޣައްޒާއަށް ދަތިކޮށް، ހަމަލާދީ ބޮޑެތި އުދުވާނުތައް ހިންގަމުންނެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މިއަދު ނެރުނު އައު އަހަރުގެ ބަޔާނުގައި، އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއި އުދުވާނުތައް ވަގުތުން ހުއްޓާލައި ޣައްޒާއިން ފައިބައިގެން ދިއުމަށް ގޮވާލާފައި ވެއެވެ.

އިންސާނީ އެހީ އެތެރެކުރަން ދޮރާށިތައް ހުޅުވާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ޣައްޒާގައި އެއްވެސް ހުރަހެއް ކުރިމަތިވެގެން ނުވާނޭ ކަމަށްވެސް، ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

އަދި އިސްތިއުމާރީ ބާރުން ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކަށް، އިސްރާއީލު ޖަވާބުދާރީ ކުރުވަން ދުނިޔެއަށް ވަނީ ގޮވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ