ރައީސް މުއިއްޒު ޖަރުމަނަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރަކީ ޖަރުމަންތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދަޢުވަތަކަށް މިއަދުން ފެށިގެން މި މަހުގެ 13 އަށް ކުރައްވާ ދަތުރެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ދަތުރުގައި ރައީސް ޖުމްހޫރިއްޔާ، ޖަރުމަންގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.

ރައީސްގެ މިދަތުރުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީ އަށް ވަޑައިގެން “މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ” ހިއްސާ ކުރައްވައި އެ ޔުނިވަސިޓީގައި ތަޤުރީރުކުރައްވާނެ އެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ދަތުރުގައި ރައީސް ގެ އަރިހުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުގައި ޖަރުމަންގައި ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ .އޭގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ އެވެ.

ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ