އީރާނުން އިސްވެ އިސްރާއީލަށް ހަމަލާދޭން އުޅޭކަމުގެ ބިރު އުފެދި، އީރާނު ހުއްޓުވަން ޕޫޓިންގެ އެހީއަށް އެދިއްޖެ

ޚަބަރު ފަހުގެ ދުނިޔެ

އީރާނުން އިސްވެ އިސްރާއީލަށް ހަމަލާ ދީފާނެކަމުގެ ބިރު އުފެދިގެން އިސްރާއީލުން ތެޅިފޮޅެން ފަށައިފިއެވެ.

އިސްރާއީލު ދައުލަތުގެ ޓީވީން ބުނެފައިވަނީ، އީރާނުން އިސްރާއީލަށް އިސްވެ ހަމަލާ ދީފާނޭކަމުގެ ބިރު އުފެދުމާ ގުޅިގެން ނަތަންޔާހޫ މިހާރުވަނީ ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން އީރާނުން ހޯދައިދިނުމަށް ރަޝިޔާގެ ރައީސް ޕޫޓިންގެ އަރިހުގައި އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްރާއީލުން އީރާނަށް ހަމަލާދޭން ނޫޅޭ ކަމަށާއި، އެކަމަށް އިސްރާއީލުން މަސައްކަތް ނުކުރާކަމަށް އީރާނަށް ކަށަވަރު ކޮށްދިނުމަށް ނަތަންޔާހޫ، ޕޫޓިންގެ އަރިހުގައި އެދިފައި ވެއެވެ.

އަދި ހަމަ އެއާއެކު، އިރާނުންވެސް އިސްރާއީލަށް ހަމަލާ ނުދިނުމަށް ނަތަންޔާހޫ އެދިފައިވާ ކަމަށް ކާން ޓީވީން ބުނެފައި ވެއެވެ.

ނަތަންޔާހޫ މިފަދައިން އެދިފައިވަނީ، ރަޝިޔާގެ ރައީސް ޕޫޓިންއާ ފޯނުން ގުޅައި ވާހަކަ ދައްކަމުން ކަމަށް، އިސްރާއީލުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ކާން އިން ބުނެފައި ވެއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން މެދުވެރިކޮށް، އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުވެސް އީރާނަށް މެސެޖް ޕާސްކޮށްފައި ވެއެވެ. އެފަހަރު އިސްރާއީލުން އެދުނީ، އީރާނާއެކު އަލުން ކުރިމަތިލުމަކަށް ދިއުމަށް އިސްރާއީލު ބޭނުން ނުވާކަން އީރާނަށް އަންގައި ދިނުމަށެވެ.

މި ވާހަކަ ރިޕޯޓްކޮށްފައިވަނީ ރަޝިޔާގެ ޓާސް ނޫސް އޭޖެންސީންނެވެ.

އިސްރާއީލުގެ ޕާލަމެންޓުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ އިއްޔެވަނީ، އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ، އީރާނުން އިސްރާއީލަށް ހަމަލާ ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށެވެ.

އީރާނުން އިސްވެ ރަޝިޔާއަށް ހަމަލާ ދީފާނޭ ކަމަށް ބެލެވިގެން، އިސްރާއީލު ބިރުން ތެޅިފޮޅެން ފަށާފައިވާއިރު، މިދިޔަ އަހަރުގެ ޖޫންމަހު އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިތުރުން، އެމެރިކާއަށްވެސް ސިހުން ގެނުވިއެވެ.

12 ދުވަސް ވަންދެން އީރާނުން އިސްރާއީލަށް ދެމުންގެންދިޔަ މިސައިލާއި ޑްރޯން ހަމަލާތައް ވަރުގަދަ ކަމުން، އެމެރިކާ ހަމަލާތަކުގެ ތެރެއަށް ވަދެގަތީ، އީރާނުން އިސްރާއީލުގެ ދުވަސް ދުވައްލާނޭކަން ގައިމުވުމުން ނަތަންޔާހޫ ރޮއިހޭރިގަތުމުންނެވެ.

އީރާނުން އެފަހަރު އިސްރާއީލަށް ހަމަލާތައް ދިނީ، ހަމައެކަނި ގައުމުގައި ތިބެގެން މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އެކަމަކު، އޭގެފަހުން އީރާނުން މިހާރުވަނީ އެންމެ ޒަމާނީ ހަނގުރާމައިގެ މަތިންދާ ބޯޓުތަކާއި، ދުރުރާސްތާ މިސައިލާއި، މިސައިލުން ދިފާއުވާ އެތައް އައްޑަނައެއް ގަނެ، ދުޝްމަނުންނަށް ހަމަލާދީ އަދި އަމިއްލަ ގައުމު ދިފާއުކުރުމުގެ ގާބިލްކަން އިތުރު ކޮށްފައެވެ.

އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ލަޝްކަރުވެސް ވަރަށް ވަރުގަދައަށް ތައްޔާރީ ހާލަތަށް ގެނެސްފައި ވެއެވެ.

އީރާނުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ބުނަމުން ގެންދަނީ، އިސްރާއީލުން ދެން އީރާނަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ވަސްވެސް ފޮހެލާނޭ ކަމަށެވެ.

އިސްރާއީލު މިހާރު ކަންބޮޑުވެގެން އުޅެނީ، އީރާނުގެ ސަރުކާރާ ދެކޮޅަށް އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި އޮތީ އިސްރާއީލާއި އެމެރިކާ ކަމަށް އީރާނުގެ ވެރިން ވިދާވުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ