އިރާނު ރައީސްގެ އަސަރުގަދަ އިލްތިމާސެއް ރައްޔިތުންނަށް: ހަމަނުޖެހުން ހިންގަނީ ބޭރުން އައިސްއުޅޭ ޓެރަރިސްޓުން، ފުރުސަތު ނުދީ!

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އީރާނުގެ ރައްޔިތުންނަށް އަސަރުން ފުރިގެންވާ އިލްތިމާސްތަކެއް ކުރައްވައިފިއެވެ.

ގައުމާ މުޚާތަބު ކުރައްވާ އީރާނުގެ ރައީސް މިއަދު ވިދާޅުވީ، އީރާނުގައި ހަމަނުޖެހުން ހިންގަމުން ގެންދާ ޓެރަރިސްޓުންނަކީ ބޭރުން އީރާނަށް އެތެރެކޮށްގެން އުޅޭ ބައެއް ކަމަށާއި، އެމީހުންނަށް ހިތްވަރު ދެމުން ގެންދަނީ އެމެރިކާއާއި އިސްރާއީލުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނަށް އެތެރެކޮށްފައިވާ ޓެރަރިސްޓުން މިސްކިތްތަކުގައި ހުޅުޖަހައި، އާންމުންގެ ގައިގައި ރޯކޮށް އަދި ބައެއް މީހުންގެ ބޯވެސް ބުރިކޮށްލާފައިވާ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ އެތެރޭގައި ހަމަނުޖެހުން ހިންގަމުން ގެންދަނީ އީރާނަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި، އީރާނަށް ނިސްބަތްވާ މީހުންނަށް މުޒާހަރާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.

އީރާނަށް ނިސްބަތްވާ ރައްޔިތުން މުޒާހަރާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ސަރުކާރުން އެ އަޑުތައް އަހައި، މައްސަލަ ހައްލުކުރާނޭ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އެކަމަކު، މަގުތަކަށް ނުކުމެ އާންމުން މަރައި ތަންތަނުގައި ހުޅުޖަހަމުންދާ މީހުންގެ އަމަލުތަކަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މީހުން މަރައި، ތަންތަނުގައާއި، މީހުންގެ ގައިގައި ރޯކުރަމުންދާ މީހުންނަށް އެ ފުރުސަތު ނުދިނުމަށާއި، އީރާނުގެ ހުރިހާ ކަންކޮޅުތަކުގެ މަގުތަކަށް ނުކުމެ އެކަމާ ދެކޮޅު ހެދުމަށް އީރާނުގެ ރައްޔިތުންނަށް ރައީސްވަނީ އިލްތިމާސް ކުރައްވާފައެވެ.

ހަމަނުޖެހުން ހިންގަމުން ގެންދާ މީހުންނާ ބައިވެރިވެ، ގައުމު ހަލަބޮލުކުރުމުގައި ޒުވާނުން ބައިވެރިވުން ހުއްޓުވަން މައިންބަފައިންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ވާގިދީގެން އީރާނަށް އެތެރެކޮށްފައިވާ ޓެރަރިސްޓުން ގެންދަނީ އީރާނު ޒުވާނުންގެ ސިކުނޑިތަކާ ކުޅެމުން ކަމަށެވެ. އެ ފުރުސަތު ނުދިމަށް ރައީސް އެދިވަޑައި ގެންނެވިއެވެ.

އީރާނުގެ އިގްތިސާދީ ހާލަތު ދަށަށްގޮސް، އިންފްލޭޝަން މައްޗަށްގޮސް، ތަކެތީގެ އަގުތައް ބޮޑުވެ އަތްމަތި ދަތިވާން ފެށުމުން އާންމުން މުޒާހަރާއަށް ނުކުމެފައިވަނީ މި ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ނަމަވެސް، މުޒާހަރާތަކުގެ ތެރެއަށް ހަރުކަށި ބަޔަކު ވަދެގަނެ، ސަލާމަތީ ބާރުތަކަށް ބަޑިން ހަމަލާދިނުމާއި، ތަންތަނުގައި ހުޅުޖެހުމުގެ އަމަލުތައް ހިންގާން ފެށުމުން، ހަމަޖެހުން އުފައްދާ މީހުންނާ ދެކޮޅަށް އީރާނުގެ ރަށްތަކުގެ މަގުތަކަށް އެތައްހާސް ބަޔަކު ނުކުމެ، އެ އަމަލުތައް ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ