އެއްވެސް މަތިންދާ ބޯޓަކަށް ނުވަދެވޭގޮތަށް އީރާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

ޚަބަރު ފަހުގެ ދުނިޔެ

އިރާނުގެ ވައިގެ ސަރަހައްދު، އީރާނުން ބަންދުކޮށްފިއެވެ.

އެގޮތުން، މަދަނީ އުދުހުންތަކުގެ މަތިންދާ ބޯޓުތަކާއި އަދި އެނޫންވެސް ބޯޓެއް އީރާނުގެ ވައިގެ ސަރަހައްދަށް ވަނުން ވަނީ މުޅިން މަނާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާހެދި، އީރާނާ ދިމާއަށް ދަތުރު ކުރަމުން ދިޔަ އެތައް ބޯޓެއް މިސްރާބު ވަނީ އެހެން ދިމަދިމާއަށް ބަދަލުކޮށްފައެވެ.

އީރާނުން އެގައުމުގެ ވައިގެ ސަރަހައްދު މި ބަންދުކުރީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދޭން އުޅޭކަމުގެ ކޮޅުމަތި ފެނުމާ ގުޅިގެންނެވެ.

އެމެރިކާ ސިފައިންގެ ޖާސޫސީ މަތިންދާ ބޯޓުތައް މައުލޫމާތު އެއްކުރަން އީރާނުގެ ވައިގެ ސަރަހައްދު ތެރޭގައި އުދުހޭތާ ދެދުވަސް ވެފައިވާއިރު، ތިންވަނަ ގައުމެއް މެދުވެރިކޮށް އީރާނާއެކު ކުރަމުންދިޔަ ހުރިހާ މުއާމަލާތެއް އެމެރިކާއިން މިހާރުވަނީ ހުއްޓާލާފައެވެ.

އަދި ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ އަލް އުބައިދު އަސްކަރީ ބޭހުގައި ތިބި އެމެރިކާ ސިފައިން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އެއީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އީރާނުގެ ރައްދު ހަމަލާތައް އެންމެ ފުރަތަމަ އަމާޒުވާނެ އެއްތަނަކީ އަލް އުބައިދު ކަމަށް އީރާނުން އިންޒާރު ކޮށްފައި ވުމުންނެވެ.

މީގެއިތުރުން، އިސްރާއީލަށް ވެސް ހަމަލާތައް ދޭން ފަށާނޭ ކަމަށް އީރާނުން އިންޒާރު ކޮށްފައި ވުމުން، އިސްރާއީލުގައި ހަދާފައިވާ ބޮމުން ރައްކާތެރިވާ ބިންގަރާސްތައްވެސް މިހާރުވަނީ ހުޅުވާލާފައެވެ. އެއީ، އާންމުން ރައްކާތެރިވެ ހިމާޔަތް ހޯދުމަށް ވަނުމަށެވެ.

އީރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް، ޓްރަމްޕްގެ ޓީމުން އޭނާއަށް ހުށަހެޅުމާއެކު، އަސްކަރީ ހަމަލާ ދީފާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށާފައި ވެއެވެ.

ޓްރަމްޕް ކައިރީގައި ތިބި ގިނަ މީހުންނަކީ، ޒަޔަނިސްޓުނަށް ތާއީދުކުރާ އަދި އީރާނުގެ ދުވަސް ދުއްވާލުމަށް ފެންބޮވައިގެންފައިވާ މީހުންނެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭން އުޅެނީ، އީރާނުގައި މުޒާހަރާ ކުރާ މީހުންގެ ގަޔަށް އީރާނުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އާންމުން މަރަމުންދާތީ ކަމަށް ބުނެއެވެ.

އެކަމަކު، ސަލާމަތީ ބާރުތަކުން ކުރިމަތިލަމުން ގެންދަނީ، އާންމުންނަށާއި، ސަލާމަތީ ބާރުތަކުގެ މީހުންގެ ގަޔަށް ބަޑިޖަހައި މީހުން މަރަމުންގެންދާ ޓެރަރިސްޓުންނާ ކަމަށް އީރާނުގެ ރައީސާއި، އީރާނުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އެފަދަ މަންޒަރުތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އީރާނުންވަނީ ދުނިޔެއަށް ހާމަކޮށްފައެވެ.

މުޒާހަރާތަކާ ގުޅުވައި އީރާނަށް އަސްކަރީ ހަމަލާދިނުމަށް މަސައްކަތް ކުރުމާއި، އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހުޅަނގުގެ ގައުމުތަކުން އަޅަމުން ގެންދާއިރު، އެމެރިކާއާއި އަދި ހުޅަނގުގެ ގައުމުތަކުގައި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުންދާ މީހުންގެ ގަޔަށް ބަޑިޖަހައި މީހުން މެރުމާއި، ނުހައްގު ބާރުގެ ބޭނުންކުރުމާއި، މީހުންނަށް އަނިޔާކުރުމާއި، ހިފައި ހައްޔަރުކޮށް ޖަލަށްލާއިރު، އެއީ އިންސާނީ ހައްގުތަކާ ޚިލާފްވުން ކަމަށް އެގައުމުތަކުން ނުދެކެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ