އެމެރިކާއިން އަދިވެސް ސަރަހައްދަށް ހަތިޔާރު ޖަމާކުރަނީ، ޖެނުއަރީ 31 ގެ ކުރިން އީރާނަށް ހަމަލާދޭން ފަށާފާނެ

ޚަބަރު ފަހުގެ ދުނިޔެ

އީރާނަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ގެންދަނީ މެދުއިރުމައްޗަށް ހަތިޔާރާއި ސިފައިން ޖަމާކުރަމުންނެވެ.

އެގޮތުން، އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑެތި ބޮންއަޅާ ބޯޓުތައް މިހާރު ގެންދަނީ އީރާނާ ގާތަށް ޖަމާކުރަމުންނެވެ. އަދި ނިއުކްލިއަރ ސަބްމެރިންވެސް ސަރަހައްދަށް ފޮނުވަމުން އެބަ ގެންދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ އެންމެ މުހިންމު އެއަރލިފްޓަރ ސީ-174 ގެ 4 ބޯޓުވެސް އާރްއެއެފް އަދި ޑިއެގޯ ގާސިއާއިން އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ މުވައްފަގް ސަލްތީ ބޭސްއަށް މިހާރު ފޮނުވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ބޮންއަޅާ އެފް-15 ޖެޓުތައް ހިމެނޭ ފައުޖު، ޓޭންކަރާއެކު ހޯމަދުވަހު ވަނީ އިނގިރޭސިވިލާތުން މެދުއިރުމައްޗަށް ދިއުމަށް ފުރާފައެވެ.

ހަނގުރާމަމަތީ ޖެޓުތައް އުފުލާ ޔޫއެސްއެސް ޖޯޖް ވޮޝިންޓަން، އެމެރިކާގެ އީސްޓް ކޯސްޓުން މިދިޔަ ހަފްތާގައި ފުރިހަފަހުން ހަބަރެއް ނުވެއެވެ. އެ މަނަވަރު ދަތުރުކުރަނީ ރާޑަރު ނިއްވާލައިގެންނެވެ. ބެލެވިފައިވާ ގޮތުގައި ޖޯޖް ވޮޝިންޓަންގެވެސް މިސްރާބަކީ މެދުއިރުމައްޗެވެ.

ޔޫއެސްއެސް ލިންކަންވެސް މިހާރު މިސްރާބު ޖަހާފައިވަނީ އިރާނާ ދިމާއަށެވެ.

މިއީ، ނިއުކްލިއަރ ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މަތިންދާ ބޯޓުތައް އުފުލާ މަނަވަރުތަކެވެ.

މީގެއިތުރުން، ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެއަރބޭސްއަށްވެސް، ޒަމަނީ އެތައް ހަތިޔާރެއް ޖަމާކުރަމުން އެބަ ގެންދެއެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭން އުޅުމަށްފަހު އެކަން މަޑުޖައްސާލީ ކީއްވެގެންކަން މިހާރު މިވަނީ ހާމަވެފައެވެ.

ހަމަލާ މަޑުޖައްސާލީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އެދިގެންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެންމެ ފުރަތަމަ ރައްދު ހަމަލާތައް އަމާޒުވާނެ ތަންތަނުގެ ތެރޭގައި އިސްރާއީލު ހިމެނޭކަން އީރާނުން ތަކުރާރުކޮށް ހާމަކޮށްފައި ވުމާއެކު، ނަތަންޔާހޫ ބުނީ، އިސްރާއީލު އެކަމަށް ތައްޔާރުވެފައި ނުވާތީ މިވަގުތު ހަމަލާ ނުދިނުމަށެވެ.

ނަތަންޔާހޫ އެދުނީ، އެމެރިކާއާއި އިސްރާއީލު ރަނގަޅަށް ތައްޔާރުވެގެން އީރާނުގެ ވެރިކަން ބަދަލުކޮށްލަން ދިގުލައިގެންދާ ހަމަލާތަކެއް ދިނުމަށް މަޑުކުރުމަށެވެ.

އެމެރިކާއިން ސަރަހައްދަށް ހަތިޔާރު ޖަމާކުރަމުން ގެންދާއިރު، އިސްރާއީލުގެ ވައިގެ ދިފާއު ވަރުގަދަ ކުރުމަށްވެސް އެމެރިކާއިން ގެންދަނީ އެހީތެރި ވަމުންނެވެ.

އެގޮތުން، މިސައިލުން ދިފާއުވާ އައްޑަނަތައް ގާއިމްކޮށް، އިސްރާއީލު ވައިގެ ސިފައިންގެ ފްލީޓަށް ޖެޓުތައް އިތުރުކޮށްދީފައި ވެއެވެ.

ހޯމަދުވަހު އިސްރާއީލުގެ ޕާލަމެންޓުގައި ނަތަންޔާހޫ ވާހަކަ ދެއްކިގޮތުން، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދީފާނޭކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށާފައި ވެއެވެ.

ނަތަންޔާހޫ ބުނީ، އީރާނުން އިސްރާއީލަށް ހަމަލާ ދީފިނަމަ އިސްރާއީލުން ދޭ ހަމަލާއަކީ ސިއްސައިގެންދާވަރުގެ އަދި ކުރިއަށް އޮތްތާނގައިވެސް ދުވަހަކުވެސް އީރާނު ހިންދެމި ނުލެވޭވަރުގެ ހަމަލާއަކަށް ވާނޭ ކަމަށެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާއިން ތައްޔާރުވަމުންދަނީ މި ޖެނުއަރީމަހުގެ 31 ގެ ކުރިން އީރާނަށް އަސްކަރީ ހަމަލާތައް ދިނުމަށެވެ. އެމެރިކާއިން އެކަން ކުރުމަށް އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ޓްރަމްޕާއި އެމެރިކާގެ ވެރިންގެ ބޮލަށް ހުތްއަޅައި ވަސްވާސް ދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ