ހަނިމާދޫ ސްކޫލުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ބޮޑު ވިއްސާރައިގައި، ހދ. ހަނިމާދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ސްކޫލުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

ހަނިމާދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ރޭ ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ހަނިމާދޫ ސްކޫލްގެ ގޯތިތެރެއާއި ބައެއް ކްލާސްރޫމްތަކުގައި ވަނީ ބޮޑުތަނުން ފެންބޮޑުވެފައެވެ. މިކަމުގެ ސަބަބުން ސްކޫލުގެ ކިޔެވުމަށާއި ދަރިވަރުންގެ ސަލާމަތަށް ނުރައްކާވެދާނެތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ އަވަސް ފިޔަވަޅެއްގެ ގޮތުން ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަސައްކަތުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ޕަމްޕު ބޭނުންކޮށްގެން ސްކޫލް ތެރޭގައި ހުރި ފެންގަނޑު ހިންދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ޓީމުވެސް މިހާރު ވަނީ މި މަަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ