ޢީދު ފާހަގަކުރުމަށް މިރޭ 21:45ގައި ހަވާ އަރުވަނީ

ޚަބަރު ފަހުގެ

އަޟްހާ ޢީދު ފާހަގަކުރުމަށް މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑިއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ބޭރާ ދިމާލުންކަމަށެވެ. ހަވާ އަރުވާނީ، 21:15 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތަފާތު އެކި މުނާށަބަތްތައް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަވާ އަރުވައެވެ. މީގެ ތެރޭގައި ޤައުމީ އެކި މުނާސަބަތްތަކާއި އަމިއްލަ ފަރާތްތަކުގެ އެކިއެކި މުނާސަބާތައް ހިމެނެއެވެ.

އީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވާއިރު، އީދު ފާހަގަކުރުމުގެ ގޮތުން މާލެ އާއި އަތޮޅުގެ ރަށްތަކުގައި ކުޅިވަރުތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ