ހިތަދޫ އުތުރު ގޮނޑި ސޯބެ ކާމިޔާބުކުރައްވައިފި

ޚަބަރު ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބުކުރައްވައިފި އެވެ.

ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 66 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު މީގެކުރިން ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް މިހާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު އުޅެނީ 74 ގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ