އަނބިމީހާ ގޭގައި ބަންދުކޮށްގެން ހަށިވިއްކަން މަޖުބޫރު ކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ޓްރެފިކް ކުރުމެވެ.
އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއިރު، ބަންދު އަމުރުގައި ބުނީ އޭނާ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާ ކަމަށް އަންހެން މީހާގެ ފަރާތުން މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އޮފިސަރަަށް ކިޔާދީފައިވާ ކަމަށެވެ.
އެ އަމުރުގައިވާގޮތުން އޭނާ ވަނީ އޭނާ މައްޗަށް ތުުހުމަތު ކުރާ އެއްވެސް ކަމެެއް އޭނާ ކޮށްފައި ނުވާނެ ކަަމަށް ބުނެފައެވެ.


