ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ، ފައިސާ ނުދެއްކޭނަމަ ހައްލުކޮށްދޭނަން: ބީއެމްއެލް

ޚަބަރު ފަހުގެ

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި މައްސަލައެއް ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު– ބީއެމްއެލްއިން ބުނެފިއެވެ.

އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުމަށް ބޭންކުން ނިންމާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއާއެކު، ހިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ.

އެ ކަމާ ގުޅިގެން އިއްޔެ ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބްސްކްރިޕްޝަންތައް ‘ޑެއިލީ ފޮރިން ސްޕެންޑުގައި’ ނުހިމެނޭ ކަމަށާއި އެ ޕޭމަންޓުތައް ލިމިޓުކޮށްފައެއް ނުވާނެ ކަމަށެވެ. އަދި ޕޭމަންޓުތަކަށް ފައިސާ ނުދެއްކޭ ކަމުގެ ބައެއް މައްސަލަތައް ފެންމަތިވެފައިވާތީ ވީއެންމެ އަވަހަށް އެ ކަން އެންގުމުން ވަގުތުން މައްސަލަ ހައްލު ކޮށްދޭނެކަމަށް ބޭންކުން ބުންޏެވެ.

ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު އިތުރުވެފައިވާއިރު ޑެބިޓް ކާޑާއި ކްރެޑިޓު ކާޑުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އަދި ބޭންކަށް ގަނެފައިވާ ޑޮލަރަށް ވުރެ އިތުރަށް، 69 މިލިއަން ޑޮލަރު މިއަހަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ