ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފް ފަށަން ތައްޔާރު ވެއްޖެ

ކުޅިވަރު ފަހުގެ

ރީޖަނަލް ލީގުގެ ޗެމްޕިއަން ޓީމުތަކާ އެކު އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފް ފަށަން ތައްޔާރު ވެއްޖެ އެވެ.

ދިވެހި ލީގުގެ ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަކުރާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުން ޕްލޭއޮފްގައި ކުޅެން ޖެހުނު ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން މާލޭ ރީޖަނަލް ލީގު ނުވަތަ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބިސްބުރު ސްޕޯޓްސް ކުލަބާއި ސެންޓްރަލް ލީގުގެ ޗެމްޕިއަން ހުރާ، ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އަދި ސައުތު ލީގުގެ ޗެމްޕިއަން ގދ. ގައްދޫއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕްލޭއޮފްގެ ގަވައިދުގައިވާ ގޮތުން މި ހަ ޓީމުގެ ތެރެއިން، އަންނަ ސީޒަނުގެ ދިވެހި ލީގުން ހަތަރު ޓީމަކަށް ފުރުސަތު ލިބޭނެއެވެ.

ގަލޮޅު ދަނޑުގައި ޕްލޭއޮފްގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ހުރާ އަދި ގްރީން ސްޓްރީޓްސް އެވެ. އަދި މާދަމާ ރޭ 9 ޖަހާއިރު ބައްދަލު ކުރާނީ ގައްދުއާއި ދިއްދޫ އެވެ.

ޕްލޭއޮފް ކުރިއަށްދާނީ ލީގު އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭގޮތަށް، އެންމެ މަތިން ޕޮއިންޓު ހޯދާ ހަތަރު ޓީމަކަށް ދިވެހި ލީގުން ފުރުސަތު ލިބޭ ގޮތަށެވެ.

ދިވެހި ޕްރިމިއާ ލީގު 2026/2027 ގައި ޖުމްލަ 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ، މި ސީޒަންގެ ލީގުގެ ގަދަ 6 ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އީގަލްސް އަދި ވިކްޓަރީގެ އިތުރުން، ޕްލޭއޮފްގެ ގަދަ ހަތަރު ޓީމެވެ.

ޕްރިމިއާ ލީގު ޕްލޭއޮފްގެ ޝެޑިއުލް

* 8 ޖޫން (16:00) – ހުރާ / ގްރީން

* 8 ޖޫން (21:00) – ގައްދޫ / ދިއްދޫ

* 9 ޖޫން (21:00) – ބިސް ބުރު / ޓީސީ

* 12 ޖޫން (16:00) – ގްރީން / ބިސް ބުރު

* 12 ޖޫން (21:00) – ހުރާ / ގައްދޫ

* 13 ޖޫން (21:00) – ދިއްދޫ / ޓީސީ

* 16 ޖޫން (16:00) – ހުރާ / ދިއްދޫ

* 16 ޖޫން (21:00) – ގްރީން / ޓީސީ

* 17 ޖޫން (16:00) – ގައްދޫ / ބިސް ބުރު

* 20 ޖޫން (16:00) – ގްރީން / ދިއްދޫ

* 20 ޖޫން (21:00) – ހުރާ / ބިސް ބުރު

* 21 ޖޫން (16:00) – ގައްދޫ / ޓީސީ

* 24 ޖޫން (16:00) – ހުރާ / ޓީސީ

* 24 ޖޫން (21:00) – ގްރީން / ގައްދޫ

* 25 ޖޫން (16:00) – ދިއްދޫ / ބިސް ބުރު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ