ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވަނީ ދަ ޔުނިކޯޑް ކޮންސޯޓިއަމުން އިއްޔެ ނެރުނު ޔުނިކޯޑު 18.0 ގަ އެވެ. ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑު ޕޮއިންޓަކީ ޫ+20ޝ2 އެވެ.
ދަ ޔުނިކޯޑު ކޮންސޯޓިއަމްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނިޝާންތައް ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ވަކި ސްޓޭންޑާޑެއް ހިފަހައްޓައި ޑިޖިޓަލް ޕްލެޓްފޯމްތަކުަގައި އެ ނިޝާންތައް ދެނެގަނެވޭނެ ގޮތް ހަދައި އެކަން ބަލަހައްޓާ އިދާރާއެކެވެ.
ސްޓޭންޑާޑުގައި ހިމެނުމުން، ވެބްސައިޓުތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި، އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށެވެ.
“މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލުވި މުހިންމު ލަނޑުދަނޑިއެކެވެ. ޔުނިކޯޑު ސްޓޭންޑާޑުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް މި އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،” އެމްއެމްއޭއިން ބުންޏެވެ.
ޑޮލަރާއި ޕައުންޑާއި ޔޫރޯގެ އިތުރުން ދުނިޔޭ އެހެން ހިސާބުތަކުގައި ބޭނުންކުރާ ފައިސާ ރަމްޒުކޮށްދޭ ނިޝާންތަކާ އެއްގޮތަށް ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައި 2022 ވަނަ އަހަރު އެމްއެމްއޭއިން ތައާރަފުކުރީ ތާނައިގެ “ރ” އެއްގެ މެދުގައި ހުރަހަށް ދެ ރޮނގު ހުންނާނެ ގޮތަށެވެ.


