ރައީސް ދެވަނަ ދައުރެއް ދޭންޖެހޭ

ފަހުގެ ސިޔާސީ

ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ޕީއެންސީއާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން އަމާޒު ހިފަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މަސައްކަތް އަދި ކިރިޔާ މި ފެށުނީ ކަމަށާއި އަމާޒު ހިފަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ގޮތަށްވުރެ މާ ފަސޭހަކަމާއެކު، 2028 ގެ އިންތިހާބު ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ. ދިވެހިން އެދޭ އަމާންކަމާއި ތަނަވަސްކަން ހޯދައިދެވޭނީ ރައީސް މުޢިއްޒުގެ ޒައާމަތުގައި ކޮންގްރެސް ޕާޓީއަށް ދެވަނަ ދައުރެއް ލިބިގެން. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމަހައްޓަވައި، އެ އިމުން ބޭރުވުމުގެ އެއްވެސް ފުރުސަތެއް ނުދެއްވައި، ‘ދިވެހިންގެ ރާއްޖެ’ ބިނާކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އިތުރު ފުރުސަތެއް ދޭން އެބަޖެހޭ ދިވެހި ރައްޔިތުން،” ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

އަބްދުއްރަޙީމް ވިދާޅުވީ، މަތީ މަޖިލިސް ނިންމުމަށްފަހު މެންބަރުން އެނބުރި ދާންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އަޒުމް ކަނޑައަޅައިގެން ކަމަށާއި، އެ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ހުއްޓުމެއްނެތި ދެމިތިބެންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަރައްގީއާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި، ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ