ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް، މިއަދު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ހަރަކާތްތެރިވި ބޯޓު މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ މަސްބޯޓްތައް އަތުލައިގެންފައިވެ އެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައު ދައުވާކޮށް، ބޯޓްތައް ދައުލަތަށް ނަގާފައި ވެސް ވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ