މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ގުރޫޕް މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


