ސީ ކިންގުން ހަނިމާދޫއަށް ދެމުންދާ ލޯންޗު ފެރީ ޚިދުމަތް މާދަމާ ފަށަނީ

ހަނިމާދޫ ޚަބަރު އިޖުތިމާޢީ

ކޮވިޑް – 19 ފުރަބަންދުގެ ސަބަބުން މެދުކަނޑާލި ލޯންޗް ފެރީގެ ޚިދުމަތް މާދަމާއިން ފެށިގެން ދިނުމަށް އަލުން ސީ ކިންގުން ތައްޔާރުވެއްޖެއެވެ.

ސީ ކިންގް ލޯންޗުގެ ވެރިޔާ ހއ. އިހަވަންދޫ، އަޙްމަދު އިބްރާހީމް މަޢުލޫމާތު ދެއްވި ގޮތުގައި ހޮނިހިރު، ހޯމަ، އަދި ބުރާސްފަތި ދުވަހު ހަނިމާދޫއިން ކުޅުދުއްފުއްޓަށް ލޯންޗް ފެރީ ދަތުރުކުރާނެއެވެ. އަގަކީ ކޮޅަކަށް /100 ރުފިޔާއެވެ. ސީ ކިންގް ދެ ލޯންޗެއް ފެރީ ދަތުރުތައްކުރުމުގައި ބޭނުންކުރެއެވެ. 30 މީހުންގެ ޖާގައިގެ ލޯންޗަކާއި 20 މީހުންގެ ޖާގައިގެ ލޯންޗެއް މި ދަތުރުތަކުގައި ދަނީ ބޭނުންކުރަމުންނެވެ. މިލޯންޗު ހަނިމާދޫއިން ފުރާނީ 7:45 ގައެވެ. ކުޅުދުއްފުށިން ފުރާނީ 14:30 ގައެވެ. ނަންނޯޓުކުރަން ގުޅާނީ 7791283/9681430 ނަންބަރާއެވެ.  

އިޝްތިހާރު
އިޝްތިހާރު

އަދި ކުރިއަތް އޮތްތަނުގައި ދަތުރުވެރިން، ދަތުރުކުރާ މިންވަރަށް ބަލައި ހަފުތާގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތް ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް އަޙްމަދު އިބްރާހީމް މަޢުލޫމާތު ދެއްވެއެވެ. ސީ ކިންގު ލޯންޗުގެ ފެރީގެ ޚިދުމަތް ހަނިމާދޫއަށް ދެމުންދާތާ ގާތްގަޑަކަށް 06 މަސް ދުވަސް ވެދާނެއެވެ. އަދި ދާދި މިދާކަށް ދުވަހު އެމް.ޓީ.ސީ.ސީ ލޯންޗުގެ އިންޖީނު ހަލާކުވުމުގެ ސަބަބުން އެމް.ޓީ.ސީ.ސީގެ ލޯންޗު ފެރީގެ ޚިދުމަތް މެދުކެނޑިގެން ދިޔަ ދަތި ދަނޑިވަޅުގައިވެސް ސީ ކިންގު ލޯންޗުން ރައްޔިތުންގެ ދަތިކަން ފިލުވާލަދިނުމަށް ކުރެއްވި ބުރަ މަސައްކަތްވެސް މިދަނޑިވަޅުގައި ފާހަގަކުރަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ