ލޯކަލް ކައުންސިލް އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓަނީ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

އަންނަ އޭޕްރީލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ފޮށީގެ އަދަދު ގިނަވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ގުޅިގެން ކަމަށެވެ. މީގެކުރިން އީސީން ބަހައްޓަން ނިންމީ 532 ފޮއްޓެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަރީފް ވިދާޅުވި ގޮތުގައި އަލަށް ގެނައި ބަދަލާ އެކު، މާލޭގައި 68 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަދި ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެއެވެ.

އީސީން ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް މިފަހަރު 8،000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް 1،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ