ބ.އަތޮޅު މަދަރުސާގައި ގްލޯބަލަ މަނީ ވީކް ފާހަގަކޮށްފި

ޚަބަރު ފަހުގެ

ބ. އަތޮޅު މަދަރުސާގައި ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަފްތާ ތެރޭގައި ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ޚާއްޞަ އެސެމްބުލީއެއް ބޭއްވުން ހިމެނެއެވެ. އެގޮތުން އެ އެސެމްބުލީގައި ފައިސާ ރައްކާކުރުމާއި ބެހޭގޮތުން ގްރޭޑް 8 ގެ ދަރިވަރުންގެ ފަރާތުން ތަމްސީލެއް ހުށަހެޅުނެވެ. އަދި ގްލޯބަލް މަނީ ވީކްއާއި ބެހޭގޮތުން މަޢުލޫމާތު ދިނެވެ. 

އިޝްތިހާރު
އިޝްތިހާރު

ހަމައެއާއެކު، ބޭކްން އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗާއި ގުޅިގެން އެ މަދަރުސާގެ ގްރޭޑް 7ން މަތީގެ ދަރިވަރުންނަށް ޚާއްޞަ ސެޝަނެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަހަށް ރައްކާ ކުރުމާއި، އެކަމުގެ މުހިންމުކަމާއި ބޭހޭގޮތުން ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ މަދަރުސާގެ 60 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ މަދަރުސާއިން މަޢުލޫމާތު ދެއްވިއެވެ. 

މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު، ބޭންކް އޮފް މޯލްޑިވްސްގައި ސޭވިންގ އެކައުންޓް ހުޅުވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ހުޅުވާލިއެވެ. އެއްވެސް ޑިޕޮސިޓަކާއި ނުލާ ސޭވިން އެކައުންޓް ހުޅުވުމަށް ލިބުނު ފުރުޞަތުގެ ބޭނުންކޮށް 50 އަށްވުރެ ގިނަ ފަރާތަކުން އެކައުންޓް ހުޅުވި ކަމަށް ބ.އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވިއެވެ.

ކޮވިޑް 19 ގެ މި ދަތި ދުވަސްތަކުގެ ތެރޭގައި ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ފުރުޞަތު ލިބުމުން ގިނަ ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައިކަން ފާހަގަކުރެވުނެވެ. އަދި ލަސް އެންގުމަކާއެކުވެސް އޭދަފުށީ ބްރާންޗުން މި ކަމަށް އިޖާބަދީ، ހުރިހާ ކަމެއް އޮމާން ކަމާއެކު ނިންމާލަ ދެއްވީތީ، ބ.އަތޮޅު މަދަރުސާގެ ފާރާތުން ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗަށް ޝުކުރު އަދާކުރެއްވިއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ