ނަން: އަޙްމަދު ޢަބްދުލް ވާޙިދު
އެޑްރެސް: ދިލްކަސްވިލާ
ތައުލީމީ ފެންވަރު: ޖީ.ސީ.އީ.އޯލެވެލް
ކުރިމަތިލާ ދާއިރާ: ހަނިމާދޫ ކައުންސިލުގެ ރައީސް
ކެނޑިޑޭޓު ނަންބަރު : 08
ތަމްޞީލުކުރާ ޕާޓީ / ހައިސިއްޔަތު: ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)
ސ. މީގެ ކުރިން މިދާއިރާގައި އުޅެފައިވޭތޯ؟ އުޅެފައިވަނީ ކިހާ ދުވަކުތޯ
ޖ.ނުވާނެ
ސ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ؟
ޖ. 2017 ވަނަ އަހަރު ރަށުގައި އުފެދުނު ކުލަބެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބު ކުރިއަރުވާ ހިންގުމަށް 2007 ވަނަ އަހަރުން ފެށިގެން މި އަންނަނީ އެންމެ އިސް ސަފުގައި ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ކުލަބުގެ ރައީސްކަން ވާނީ 6 އަހަރަށް ވުރެށް ގިނަދުވަސް ވަންދެން އަދާކޮށްފައެވެ.
މީގެ އިތުރުން ސްކޫލް ދައުރުގައި، ސުކޫލްގައި ހިންގުނު އެކިއެކި އިތުރު ހަރަކާތްތައް ހިންގުމުގައި ވާނީ ހަރަކާތްތެރި ވެފައެވެ. މިގޮތުން ހަނިމާދޫ ސުކޫލްގެ ތާރީހުގައި 2000 ވަނަ އަހަރު ފުރަތަމަ އުފެދުނު ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމާއި ޖެހިގެން އައި 2001 ވަނަ އަހަރު އެ ޖަމިއްޔާގެ ރައީސްކަން ވާނީ އަދާ ކޮށްފައެވެ.
ސ. ހަރަކާތެރިވި އެންމެ ފާހަގަކޮށްލެވޭ އިޖުތިމާޢީ ހަރަކާތް؟
ޖ. 2017 ވަނަ އަހަރުން ފެށިގެން މި އަންނަނީ ރަށުގައި ހިންގޭ އެކިއެކި އިޖުތިމާއި އަދި އެހެނިހެން ދާއިރާތަކުގެ ހަރަކާތްތަކުގައި ވެސް ބައިވެރި ވަމުންނެވެ. މިގޮތުން ސަރުކާރުން ރަށަށް އަމާޒު ކޮށްގެން ހިންގާފައިވާ އެކިއެކި ހަރަކާތްތަކުގައި ވެސް ވާނީ ބައިވެރި ވެފައެވެ. މިގޮތުން ޒުވާނުން ބާރުވެރި ކުރުވާ، އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ރަށު ފެންވަރުގައި ހިންގުނު އެކިއެކި ހަރަކާތްތަކުގައި ވާނީ ބައިވެރިވެފައިވެ. މިގޮތުން ސަރުކާރުން މިރަށާ މި ސަރަހައްދުގެ ރައްޔިތުންނަށް އިޖުތިމާއި ގޮތުންނާ ވިޔަފާރީގެ ފަހި ފުރުސަތުތައް ފަހި ކޮށްދިނުމުގެ ގޮތުން މިރަށުގައި ކުރިޔަށް ގެންދިޔަ ހުބަޝާނާ އިވެންޓުގައިވާނީ އަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރި ވެފައެވެ.
ސ. ރާވާ ހިންގި އިޖުތިމާޢީ ހަރަކާތްތައް؟
ޖ. 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އަންނަނީ އިޖުތިމާއި އެކިއެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ. މިގޮތުން ކުށްމަދު އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކާ ރަށުގެ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒު ކޮއްގެން ކުޅިވަރު ހަރަކާތްތަކާއި އަދިވެސް އެހެނިހެން އިތުރު ހަރަކާތްތައް ވާނީ ރާވާ ހިންގާފަ އެވެ. މި ގޮތުން ފުޓްބޯޅަ މުބާރާތްތަކާއި، ބަށި މުބާރާތް، ކުޑަކުދިންނަށް ކުޑަކުދިންގެ ހަވީރު، އަންހެނުންނަށް އާމްދަނީ ލިބޭނެ މަގެއް ފަހި ކޮށްދިނުމުގެ މަގުސަދުގައި ކޭކު ޑެކަރޭޝަން ކޯހެއް ރާވާ ހިންގާފައި ވާނެއެވެ. އަދި މިނޫންވެސް އިތުރު ހަރަކާތްތައް ހިންގިފައިވާނެއެވެ.
ނޯޓް: މި ހަރަކާތްތައް ހިންގާފައިވަނީ ކުލަބުގެ ތެރެއިން ކުލަބުގެ މެންބަރުންގެ އެހިތެރިކަމާ އެކުކަން ފާހަގަކުރަމެވެ. މިފަދަ ފުރުސަތެއްގައި އަޅުގަނޑު ހިއްސާވެގެން ހިންގުނު ހުރިހާ ހަރަކާތްތަކެއް ބަޔާން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ
އަޅުގަނޑު ދެކޭގޮތުގައި ކައުންސިލުގެ ބާރުވެރިކަން؟
އަޅުގަނޑުގެ ނަޒަރުގައި ރަށު ކައުންސިލްތަކަކީ އެރަށެއްގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނިންމަންޖެހޭ މުހިންމު ކަންކަން ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ފަރާތް، މީގެ އިތުރުން ރަށުގައި ގާއިމްވެފައިވާ އެހެނިހެން މުއައްސަސާތަކުގެ ބެލެނިވެރި ފަރާތަކީވެސް ކައުންސިލެވެ. އަދި ރަށުގައި ހެދޭ އެންމެހާ އާންމު އުސޫލުތައް ހެދުމުގެ ބާރުވެސް އޮންނަނީ ކައުންސިލްގެ އަތްމަތީގައިއެވެ. އެހެންނަމަވެސް މިދެންނެވި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކަށް ކުރެވޭނީ އެެއްވެސް ނުފޫޒެއް ނެތި ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދެވިގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
ސ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅޭނެ ތަޞައްވަރު؟
ޖ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ތަސައްވަރަކީ، ވީހާވެސް ބޮޑަކަށް ރައްޔިތުންނާއި ގާތުން ހިދުމަތްތައް ދިނުމެވެ.މިގޮތުން ރައްޔިތުން އެދާއިރާތަކަކުން އެންމެ ބޮޑަށް ހިދުމަތް ބޭނުންވާ ދާއިރާއަަށް ބަލާ އެދާއިރާތަކުންދޭ ހިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމެވެ. އަދި ހިދުމަތް ދިނުމުގައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ހޯދާ އެކަންކަން ހައްލުކޮށް ރައްޔިތުން އިތުބާރު ކުރާވަރުގެ ހިދުމަތްތަކެއް ފޯރުކޮށް ދިނުމެވެ. އަދި މީގެ އިތުރުން ކައުންސިލުން ކުރާ އެންމެހާ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އެކަން ކުރިޔަށް ގެންދިޔުމުގައި ރައްޔިތުންގެ ހިޔާލާ މަސްވަރާ ހޯދުމެވެ
ސ. ކައުންސިލު ހިންގުމުގައި އެންމެ މުހިއްމުކަމެއް ދޭންޖެހޭނެ ކަމަށް ފެންނަ ކަންތައް؟
ޖ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކައުންސިލް ހިންގުމުގައި އެންމެ މުހިންމުކަމެއް ދޭންޖެހޭނީ އެކައުންސިލަކުން ރައްޔިތުންނަށްދޭ ހިތުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ބަލައިގަންނަ އަދި އިތުބާރު ކުރާ ފަދަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމެވެ.
ސ. ކައުންސިލު މެދުވެރިކޮށް ތަރައްގީ ގެނެވޭނެކަމަށް ފެންނަ އެންމެ މުހިއްމު ދާއިރާތަކާއި ކަންކަން؟
ޖ. ރަށުގައި ހުރި ކުއްޔަށް ދޫކުރާ ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ހަރުދަނާ އުސޫލެއްގެ ތެރެއިން އެތަންތަން ކުއްޔަށް ދޫކޮށް ކައުންސިލްގެ މާލީ ތަނަވަސްކަން އިތުރު ކުރެވިދާނެއެވެ. މީގެ އިތުރުން މިރަށުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިންތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ދޫކޮށް ފަތުރުވެރިކަމާއި އެކަމާ ގުޅިފައިވާ އެހެނިހެން ހިދުމަތްތަށް ތަރައްގީކޮށް ކުރިއެރުވިދާނެއެވެ. ދަނޑުވެރިންނާ މަސްވެރިންނަށް ދިމާވާ ދަތިތަށް ދެނެގަނެ އެފަރާތްތަކަށް ދިމާވާ ދަތިތަށް ހައްލުކޮށް ދަނޑުވެރިކަމާއި މަސްވެރިކަމުވެ ދާއިރާ އިތުރަށް ތަރަށްގީ ކުރެވިދާނެ އެވެ. ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަށް ދެނެގަނެ، އެދާއިރާގެ ބޭފުޅުންނާ ގުޅިގެން މިހާރަށްވުރެން ސިއްހީ ދާއިރާ ތަރައްގީ ކުރެވިދާނެއެވެ. ރަށުގެ ތައުލީމީ ދާއިރާގައި ހުރި މައްސަލަތަށް ހޯދާ އެދާއިރާގެ ބޭޅުންނާ ބެލެނިވެރިންނާ،ރައްޔިތުން ގުޅިގެން މައްސަލަތައް ހައްލުކޮށް ތައުލީމީ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވިދާނެއެވެ. ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރުމަށް ހައުސިން ސުކީމެއްގެ ތެރެއިން އެމައްސަލަ އަށް ހައްލު ގެނެވިދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
ސ. ތަރައްގީގެ ތަޞައްވަރު ނުވަތަ ދާއިރާތަކާއި އިސްކަންދޭނެ ތަރުތީބު؟
ޖ.
- ޒުވާނުން ގެދޮރުވެރިކުރުވުން
- ރަށުގެ ތައުލީމީ ހާލަތު އިތުރަށް ރަނގަޅުކޮށް ތައުލީމީ ދާއިރާ އިތުރަށް ތަރައްގީ ކުރުން
- ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަށް ފަހިކޮށްދީ، ހަރުދަނާ ޒުވާނުންތަކެއް ބިނާ ކުރުން
- ދީނީ އިލްމު އުގެނުމަށް ޒުވާނުންނަށް ހިތްވަރުދީ، އެދާއިރިއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދީ އެދާއިރާއިން މިހުން ބިނާކުރުން
5. ރަށުގެ ސިއްހީ ނިޒާމު އިތުރަށް ކުރިއެރުވުން - ހަރުދަނާ އުސޫލެއްގެތެރެއިން ރަށުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުން
- މަސްވެރިކަމާ ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަށް ހައްލުކޮށް މަސްވެރިކަމާ ދަނޑުވެރިކަން އިތުރަށް ތަރައްގީ ކުރުން
- ރަށުގައި ހުރި ހުސްބިންތަށް ހަރުދަނާ އުސޫލަކުން ކުއްޔަށް ދޫކޮށް ކައުންސިލްގެ މާލިއްޔަތު އިތުރުކުރުން
- ރަށުންލިބޭ ބޭންކުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުން
- ރަށުން ލިބެންނެތް ހިދުމަތްތައް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން
މިހާރު ރަށުން ލިބެން ނެތް އެހެންނަމަވެސް އަޅުގަނޑުގެ ދައުރެއްގައި ރަށަށް ގެންނާނެ އިސްކަންދޭ 2 ޙިދުމަތެއް؟ - ބޭންކުގެ ބުރާންޗެއް ގާއިމު ކުރުން
- ރަށުގައި ތިބެގެން ލައިސަންސް ނެގޭނެ އިންތިޒާމް ހަމަޖެއްސުން
ސ. މަތީގައިވާ ކަންކަމުގެ އިތުރަށް ހިމަނަން ބޭނުންވާ ކަމެއްވާނަމަ ފާހަގަކޮށްލައްވާ؟
ޖ. މަތީގައިވާ ކަންތައްތަކުގެ އިތުރަށްވެސް ރަށުގައި ހުރި އެކިއެކި މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާއި ކަމާއި ގުޅުންހުރި އިދާއިރާތަކުގެ ފަންނުވެރިންނާ ގުޅިގެން މަސައްކަތް ކުރާނަމެވެ.