މަޖިލީހުގެ އިދާރާ އަށް މިއުޒިކް ހަދާނެ ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަމިއްލަ މިއުޒިކް ޓްރެކްތަކެއް ބީލަން އުސޫލުން ހަދައި ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.

އެ އިދާރާ އިން ނެރުނު އިއުލާނެއްގައި ބުނީ އެ ތަނުން އުފައްދާ ވީޑިއޯތަކުގައި ބޭނުންކުރުމަށް މަޖިލީހުގެ އިދާރާ އަށް ފުރިހަމަ ކޮޕީރައިޓްސްގެ ހައްޤު އޮންނަ، އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބީލަމުގައި ބައިވެރިވާން މި މަހުގެ 9 ގެ ކުރިން މި ލިންކް https://forms.office.com/r/jqa821ff0Y އިން ރަޖިސްޓްރީވާން ޖެހެ އެވެ. އަދި ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް މި މަހުގެ 10 ގެ ކުރިން bid.registration@majlis.gov.mv މި ލިންކަށް ފޮނުވަން ޖެހެ އެވެ. ފޮނުވާ ސުވާލުތަކަށް މަޖިލީހުގެ އިދާރާ އިން މި މަހުގެ 13 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޖަވާބު ފޮނުވާނެ އެވެ.

ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ރަޖިސްޓްރީކުތި ފަރާތްތަކަށް އެކަންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ