މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފި

ފަހުގެ ސިޔާސީ

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނަރީޝް ހައްޔަރުކޮށްފައިވަނީ މަގުމަތިން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުގައި ތިބި އެސްއޯ ފުލުހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިދިކޮޅުން މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމާ ދިމާކޮށް ފުލުހުން ވަނީ އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅުން މިއަދު ހަވީރު “ނޭވާ ހޮޅިއަށް” ނަމުގައި މާލޭގައި އެއްވުމެއް ބާއްވާން ތައްޔާރުވަމުންދާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގާފަ އެވެ.

މީގެއިތުރުން ފުލުހުން ވަނީ މި އެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މި އެއްވުން ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ