ޝައިޚް އާދަމް ނަސީމް (ބީއޭ) އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ


އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން އެންމެ ފަހުން ކުރެއްވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނަސީމް (ބީއޭ) ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ޝައިޚް ނަސީމަކީ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމުގެ ދިގު ތާރީޚެއް އޮތް އިލްމުވެރިއެކެވެ. އޭނާއަކީ އެންމެ ފުރަތަމަ މަދީނާގެ އިސްލާމީ ޔުނިވާސިޓީން އިސްލާމްދީނުގެ ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާރު އާންމުކޮށްފައިވާ ކީރިތި ޤުރުއާނުގެ ތަރުޖަމާ އެކުލަވައިލެއްވުން ފަދަ ގިނަ ދީނީ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާފައިވަނީ ނަސީމަކީ އެމްޑީޕީ އުފެދިގެން އައިއިރު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މަދު އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ.

2010 ވަނަ އަހަރު އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަމުން ނަސީމު އިސްތިއުފާދެއްވުމާ ހަމައަށް އެމްޑީޕީގެ އިސްލާމީ ގޮފީގެ މަތީ ފަންތީގެ މަޤާމުތައް ނަސީމު އަދާކުރެއްވިއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ނަސީމު ގުޅިވަޑައިގަތީ އަދާލަތު ޕާޓީއާއެވެ.

ނަސީމަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ދޫނިދޫގައި ހިންގި އަލްކަޓްރާޒްގެ ނަމުން މަޝްހޫރު ޖަލުގައި އަނިޔާ ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށް 1996 ވަނަ އަހަރު އެމްނެސްޓީ އިންޓަނޭޝަނަލުން ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޭފުޅެކެވެ.

ނަސީމު އަވަހާރަވުމާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ އަރިސްކޮށް، އޭނާއަށް ހެޔޮ ދުއާ ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ