ޑެންމާކް އަތުން ބެލްޖިއަމް މޮޅެ ހޯދުމައްފަހު ގްރޫޕް 2 ގެ އެއްވަނަ އަށް..

ކުޅިވަރު ފަހުގެ

ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ބެލްޖިއަމް އާއި ޑެންމާކްއާއި ކުޅުނު މެޗްއިން 2-0 ގެ ނަތީޖާއިން ބެލްޖިއަމް ވަނީ މޮޅުވެފައެވެ.

ޑެންމާކުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޑްރީސް މާޓެންސްގެ އެހީއާއެކު ބެލްޖިއަމަށް ލީޑު ނަގައިދިނީ ޖޭސަން ޑެނަޔާއެވެ. އަދި މެޗުގައި ބެލްޖިއަމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ޔޫރީ ޓިއެލެމަންސްގެ އެހީއާއެކު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ މާޓެންސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޑެންމާކް އަތުން ބެލްޖިއަމް މޮޅުވިއިރު، ބެލްޖިއަމުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައެވެ.

މީގެ އިތުރުން ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ލީގު ސީ ގްރޫޕް އެކެއްގައި ހިމެނޭ ލަގްޒަމްބާގް ވަނީ އަޒަރުބައިޖާން އަތުން 2-1 ން މޮޅުވެފައެވެ. އަދި ހަމަ މި ގްރޫޕްގައި ހިމެނޭ މޮންޓެނީގްރޯ ވަނީ ސައިޕްރަސް އަތުން 2-0 ން މޮޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ