ހަނިމާދޫ ރައްޔިތުން ވޯޓު ލުމަށް ފޮށިތައް ބައްހައްޓާ ތަންތަން މިއޮތީ!

ހަނިމާދޫ ޚަބަރު ފަހުގެ

މިއަހަރު ރިޔާސީ އިންތިހާބުގައި ހަނިމާދޫ ރައްޔިތުން ވޯޓުލުމަށް ފޮށި ބައްހައްޓާނެ ތަންތަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
ި
މިއަހަރު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުޅި ޖުމުލަ 604 ވޯޓް ފޮށި ބައްހައްޓައެވެ.

މިގޮތުން ހަނިމާދޫ ގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހަނިމާދޫ އަމީނީމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން ވޯޓު ލުމަން ހަމަ ޖެހިފައި ވަނީ B01.01.2 ވޯޓް ފޮއްޓަށެވެ. މި ފޮށި ބައްހައްޓަން އީސީން ނިންމާފައިވަނީ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އަމީނީމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން ވޯޓު ލުމަން ހަމަ ޖެހިފައި ވަނީ B01.01.1 ވޯޓު ފޮއްޓަށެވެ. މި ފޮށި ބައްހައްޓަން އީސީން ނިންމާފައިވަނީ ހަނިމާދޫ، ސަޢާދާ ޕްރީސްކޫލް ގައެވެ. މީގެ އިތުރުން މި ފޮއްޓަށް ހަނިމާދޫއަށް ވޯޓް ލުމަށް ރީ-ރަޖިސްޓުރީ ކުރާ މީހުން ވޯޓު ލާނެއެވެ.

އަދި މާލޭ ގައި ހަނިމާދޫ ރައްޔިތުން ވޯޓު ލާނީ BT.1.1 ވޯޓު ފޮށްޓަށެވެ. މިފޮއްޓަށް ވޯޓު ލުމުގައި ފިނޭ، ނައިވާދޫ، ހިރިމަރަދޫ، ރައްޔިތުން ޝާމިލް ވާނެއެވެ. މި ފޮށި ހުންނާނީ މާލެ، ތާޖުއްދީން ސްކޫލްގެ ގޭޓުން ވަންނަ އިރު އޮންނަ ހުސް ޖާގައިގައެވެ.

ހުޅުމާލޭ ގައި ހުންނާނީ ހދ.އަތޮޅަށް ހާއްސަކޮށް ހުންނަ އެންމެ ވޯޓް ފޮއްޓެކެވެ. އެއީ YT.0.2 އެވެ. މި ފޮށި ހުންނާނީ ހުޅުމާލެ، ޣާޒީ ސްކޫލްގެ ކޮންފަރެންސް ރޫމްގައެވެ.

ވިލިމާލެ ގައި ހުންނާނީ ހދ، ހއ، ހައްސަ ކުރެވޭ ވޯޓް ފޮއްޓެކެވެ. މި ފޮށި ހުންނާނީ ވިލިމާލެ ޕްރީސްކޫލް ހޯލުގެ ދެކުނުންނެވެ. ވޯޓް ފޮށި ނަންބަރަކީ YT.0.33 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ