އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ނޫން: ރީކޯ

ފަހުގެ ސިޔާސީ

2008 ވަނަ އަހަރު އެމްޑީޕީން ގެނައި ވެރިކަން ވެއްޓިގެން ދިޔައީ ބަގާވާތަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ރޭ ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސަގައި ވާހަކަދައްކަވަމުން މޫސަ މަނިކު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ގެނައި ވެރިކަން ވެއްޓިގެން ދިޔައީ ބަގާވާތަކުންނޭ ހީވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމަންޒަރު ބަދަލުވުމުން އެއީ ބަގާވާތެއް ނޫންކަން އެނގޭ ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އަޅުގަނޑުމެންނަށް އޭރު ހީވި ބަޣާވާތެއް ކަމަށް. އެކަމަކު ފަހުން މަންޒަރު ބަދަލުވީ. 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލު ކުރީމަ ދެން މި އެނގުނީ ބަޣާވާތް އަންނަން ދިމާވި ގޮތް. ފޮށިގަނޑު ގެއްލި، ކަތިވަޅި ގެއްލި މަރިޔަބު ގެއްލި އަލިފާން ކަހަލަ ރުޅި އައިސް މީހަކު ދުއްވައިގަތީމަ،” އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކުރައްވައި މޫސަ ވިދާޅުވީ، ބަޣާވާތެއްނަމަ ހުރިހާ “ބާގީން” ކޮނޑަށްލައިގެން ނޫޅޭނެ ކަމަށެވެ. ނުވަ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމަށް އަރައި މޫސަ ވިދާޅުވީ، މިއަދު ބަޣާވާތުގެ ވާހަކަ ދައްކަން ލަދު ގަންނަވާ ކަމަށެވެ.

ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ ޕާޓީން މިހާރު ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާ ވެސް އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ދެ ޕާޓީއަކީ ވެސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލި ކަމަށް އޭރު އެމްޑީޕީން އެންމެ ބޮޑަށް ތުހުމަތުކުރި ދެ ޕާޓީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ