ދަން ޖެހިފައި ހުއްޓާ ފެނުނު ފުލުހަކު ސަލާމަތްކޮށް ފަރުވާ ދެނީ

ޚަބަރު ފަހުގެ

މާލޭގެ ގެއެެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ފުލުހަކު ސަލާމަތްކޮށް އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

އޭނާ އަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ސަލާމަތްކޮށްފައިވަނީ އާއިލާއާ އެކު ދިރިއުޅޭ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ އޭނާގެ އަންހެނުންނަށް ފެނިގެން ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަން ހިނގިކަން ނޫހަކަށް ވަނީ ކަށަވަރުކޮށްދީފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ