ރައީސް ސޯލިހާ ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނެތް – ސިޔާމް

ފަހުގެ ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނުފެންނަ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ، ށ ފުނަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ސިޔާމް ވިދާޅުވީ، ވޭތުވެދިޔަ 50 އަހަރު ވެސް އައިސްފައި ނުވާ ތަރައްގީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހު ގެނެސްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު އާ ބަޔަކު ވެރިކަމާ ހަވާލުވެއްޖެނަމަ މި ތަރައްގީ ހުއްޓިގެންދާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށްވެސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންތިހާބުގައި ރައީސް ސޯލިހާއި ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނެތް ކަމަށާއި އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނާ ފަރާތްތަކުން ވެސް ތިބީ ފިލާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން ސިޔާމް ވަނީ ގޮތް ނޭނގޭ މީހެއް ތަޖުރިބާ ކުރުމެއް ބޭނުމެއް ނެތް ކަމަށާއި ފުރިހަމަ ތަރައްގީ ބޭނުންވާ ނަމަ ރައީސް ސޯލިހު ނޫން ގޮތެއް ދިވެހިންނަށް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ