މިލަންދޫގައި އެއާޕޯޓު އަޅަން ޓެކްނިކަލް ސާވޭ ހަދަން ނިންމައިފި

ޚަބަރު ފަހުގެ

ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭ ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، އެ ރަށުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ 2،648 މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް މި ރަށު ރައްޔިތުންނާއި ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމުގެ ޓެކްނިކަލް ސާވޭ ހެދުމަށްފަހު، އަދި އެއީ ކުރެވޭ ކަމެއްތޯ ބެލުމަށްފަހު އެއާޕޯޓު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް ރޭ އިއުލާނުކުރެއްވި އެވެ.

މި ރަށުގައި އެއާޕޯޓު އެޅުމުގެ އިޝާރާތެއް ރައީސް ދެއްވިއިރު، މި ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އެބަ ހިންގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ